ބޭންކް އޮފް މޯލްޑިވްސް އިން މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
އޭޓީއެމްގެ ހިދުމަތް އެ އަތޮޅުގެ ހުރިހާ ރަށެއްގައި ދީފައި މިވަނީ ބީއެމްއެލްއިން 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުންނެވެ.
މި ހިދުމަތް ތައާރަފް ކުރުމަށްފަހު ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައ،ި ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހައިންއަސާސީ ބޭންކިންގް ހިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލެވުމަކކީ ލިބޭ ފަހުރެއް ކަމަށެވެ.
"ރައްޔިތުން ބޭންކިންގް ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރ.ޭ ބޭންކުގެވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްވެސް އަޅުގަނޑުމެން މިދަނީ މުހިންމު މަސައްކަތް ކުރަމުން" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މި އަދަދުތަކުންވެސް މިއީ ކަސްޓަމަރުންނަށް ކިހާ މުހިންމު ހިދުމަތެއްކަން ހާމަވާ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗ،ް 121ސެލްފް ސާވިސް ބޭންކިންގް ސެންޓަރު، 179 އޭޓީއެމް، އޭޖެންޓު ބޭންކިންގް ހިދުމަތުގެ އިތުރުންއެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ.