ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް )އިން ނ. އަތޮޅުގެ 7 ރަށެއްގައި ސެލްފް ސާވިސް ބޭންކިންގް އޭޓީއެމް ހިދުމަތް ތައާރަފުކޮށްފިއެވެ.

މިއާއެކު ނޫނު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ދޭން ފަށާފައިވާއިރު އެ ރަށްތަކުގެ ތެރޭގައި ހެނބަދ،ޫ ލަންދ،ޫ ކުޑަފަރ،ީ މާޅެންދ،ޫ ޅޮހ،ި މަގޫދޫ އަދި ފޮއްދޫގައި މިހާރު ވަނީ އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފައެވެ.

މި މުނާސަބާ ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ނ. އަތޮޅުގެ 7 ރަށެއްގައި އޭޓީއެމް ގާއިމްކުރުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގް ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ބޭންކަށް ލިބުނު އުފަލެއް ނޫންކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ، މިއީ މުޅި އަތޮޅަށްވެސް ލިބިގެންދާނެ ފަހުރެއް ކަމަށެވެ.

"ބޭންކުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް ބޭންކިންގް ހިދުމަތް ގާތުން ފޯރުކޮށްދ،ީ ދިރިއުޅެމުންދާ ރަށުން ދަތުރުކުރަން ނުޖެހ،ި ކޮންމެތަނެއްގައި ހުރެގެންވެސް މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް" ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް 114 ސެލްފް ސާވިސް ބޭންކިންގް ސެންޓަރު، 172 އޭޓީއެމް އޭޖެންޓު ބޭންކިންގް ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގް ހައްލުތައް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށް ބޭންކުން ބުނެއެވެ.