ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ތަރައްގީ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މެއިންޓެނަންސް މަސައްކަތަކަށް، އެ ބޭންކުގެ ކާޑުގެ ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިދާނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި މެއިންޓެނަންސް މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިރޭ އަދި މާދަމާ ރޭގެ ދަންވަރު 1:30 އިން ފަތިހު 4:30 އަށެވެ.
މި ވަގުތުތަކުގައި ބީއެމްއެލްގެ ކާޑުގެ އެކި ހިދުމަތްތައް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބޭންކުން ބުނެއެވެ.
މި މަސައްކަތާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މައާފަށް އެދިފައެވެ. އަދި ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި ބޭންކުން ކުރަމުންދާ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ކެތްތެރިކަމަށް އެ ބޭންކުން ވަނީ ޝުކުރު އަދާކޮށްފައެވެ.
