އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޒާހިދު، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޒާހިދު މަގާމުން އިސްތިއުފާ ދެއްވިކަން އީސީގެ ނައިބު، ސޮލާހު އެކަން ކަށަވަރު ކޮށްދީފައިވީ ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައި ނުވެއެވެ.
ޒާހިދު އިސްތިއުފާ ދެއްވާފައި މިވަނީ ކުރިއަށް އޮތް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
އީސީގެ ރައީސްކަމަށް އޭނާ އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު އެ ކޮމިޝަންގެ ނައިބު ކަމަށް ސޮލާހުވެސް އައްޔަންކޮށްފައި ވެއެވެ.
ޒާހިދު ވަނީ މީގެކުރިން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ. އަދި ސަލާހު ވަނީ އީސީގެ ޑިރެކްޓަރގެ މަގާމުގެ އިތުރުން އެކްޓިން ސެކެޓްރީކަން ކުރައްވާފަ އެވެ.
