ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން، މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ޒަކާތު ސްކޮލާޝިޕް 24 ދަރިވަރަކަށް ދީފިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުއެވެ.

މިފަހަރު ޒަކާތު ސްކޮލާޝިޕް ދެ ބުރަކަށް ބަޖާލައިގެން ދިނުމަށް ހަމަޖެހިފައިވާއިރު، ފުރަމަ ބުރުގައި ފުލް ސްކޮލާޝިޕް ލިބުނު 17 ފަރާތަކާއި ސްޓިޕެންޑް ލިބުނު 6 ފަރާތަކާއި ޓިއުޝަން ފީ ލިބުނު 1 ފަރާތެއް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުއްކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭން ބޭރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ އަދި މިސްރު ހިމެނޭކަމަށް ބުނެފައެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް، ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރިލްމަހުއެވެ. އަދި ސްކޮލާޝިޕަށް އެދުމުގެ ފުރުސތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހަމަވިއިރު ސްކޮލާޝިޕް ލިބުނު ފަރާތްތަށް ކަނޑައަޅާފައިވަނީ އެކަމަށް ހާއްސަކޮށް ނަގާފައިވާ ކޮމިޓީއަކުންނެވެ.