މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މެންބަރުން އައްޔަންކޮށްފިއެވެ.
އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ އިއްޒުއްދީން އަދްނާން އެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ ޔާމީން އިދްރީސް އެވެ.
މީގެއިތުރުން، މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރެއްވި އިތުރު ފަސް މެންބަރުންނަކީ:
- ޑރ. މުހައްމަދު ޝުޖާއު
- ހުސައިން ޝާމް އާދަމް
- މަރްޔަމް ނިހާޔަތު
- އަބްދުﷲ އަލީ
- މުހައްމަދު ހިލްމީ
މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާ ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުންވެސް އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
