ހުޅުމާލެ ލަކުޑި ޖެޓީގެ އުތުރު ފާލަން މަރާމާތު ކުރުމަށްފަހު އާންމުންނަށް ހުޅުވާލައިފިއެވެ.
ލަކުޑި ޖެޓީއަށް ބާޖެއް ގާތް ކުރުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެތަން ވަގުތީ ގޮތުން ބަންދުކުރީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ދެ މަސް ދުވަސްފަހުން އެ ފާލަން މަރާމާތު ކުރަން ފަށާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ.
އެއާއެކު ތިން މަސް ދުވަހުން އެ މަސައްކަތް ނިންމުމަށްފަހު އެޗްޑީސީން މިއަދު ވަނީ ލަކުޑި ޖެޓީ އާންމުންނަށް ހުޅުވާލާފައެވެ.
ހުޅުމާލޭ ލަކުޑި ޖެޓީއަކީ ގިނަ އަދަދެއްގެ އާންމުންނާއި އުޅަނދުފަހަރުން ބޭނުންކުރާ މުހިންމު ތަނަކެވެ. އެގޮތުން ހުޅުމާލޭ ފަޅުގައި އަޅާ ސަފާރީތަކުންވެސް މީހުން އަރާ ފައިބަން އެންމެ ގިނައިން ބޭނުން ކުރަނީ އެ ފާލަމެވެ. އެ ފާލަން ހަލާކުވުމުން ގިނަ ބަޔަކަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.
ނަމަވެސް ޖެޓީ އަލުން ހުޅުވާލުމާއެކު ފާލަން ބޭނުން ކުރަމުންދާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީން ގަބޫލުކުރެއެވެ.
