ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"މިނިވަންއުފާ ސޭލް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ އެސްޓީއޯ ޕީޕަލްސް ޗޮއިސުން، ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ކުރިއަށްދާ ޕްރޮމޯޝަނެކެވެ.

އެގޮތުން މި މުއްދަތުގައި ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކުވެސް ގުރުއަތެއް ނެގި، ގުރުއަތުނަ ހޮވޭ އެއް ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެއެވެ.

މި ޕްރޮމޯޝަންގެ މައިގަނޑު ބޭނުމަކީ އެސްޓީއޯއާއި އާއްމުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ވިއްކާ ފޯރުކޮށްދިނުންކަމަށް އެސްޓީއޯއިން ބުނެއެވެ.