ޏ. ފުވައްމުލަކު ސިޓީގައި އޮފީސް އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ޑިޒައިން އަދި ސާވޭގެ މަސައްކަތާއ،ި 8042 އަކަފޫޓުގެ ސަރަހައްދެއްގައި 10 ފަންގިފިލާގެ އިމާރާތެއް ހެދުމުގެ އިތުރުން 2 މީޓަރު އުސް ވަށާފާރެއް ރޭނުމާއި އަދި ލޭންޑްސްކޭޕިން މަސައްކަތްތަކެއް ކުރާނެކަމަށެވެ.

އެ ކުންފުނިން ބުނީ މިއީ 162.89 މިލިއަން ރުފިޔާއަށް 900 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށެވެ.

ފުވައްމުލަކަކީ 14000 މީހުންގެ އާބާދީއެއް އޮންނަ ބޮޑު ސިޓީއެއްކަމަށާއި، މި ސިޓީގައި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނައިރު ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ ސޮއި ކުރި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި އެއް އިމާރާތަކުން ގިނަ އޮފީސަތެކެއްގެ ހިދުމަތް ފަސޭހަކަމާއެކު ލިބުމަށް މަގުފަހިވާނެކަމަށެވެ.

ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ނިންމާފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.