އުރީދޫ މޯލްޑިވްސްގެ ލިވްއަންލިމިޓެޑް އަހަރީ ކެމްޕޭނުގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ހައްޖު ދަތުރު ހޯދުމަށް ބައިވެރިވުމަށް ބާކީ އޮތީ 2 ހަފްތާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް 2025 ވަނަ އަހަރު ފެށި މި ކެމްޕޭނުގެ ދަށުން، ކޮންމެ 20 ދުވަހަކުން އެއްފަހަރު އުމްރާ ދަތުރެއް ދެމުން އަންނައިރު މި ކެމްޕޭނުގެ އެންމެ ފަހު ނަސީބުވެރިޔާ، 20 ވަނަ ފަރާތަށް ދެމީހަކަށް ހައްޖު ދަތުރުގެ ގްރޭންޑް ޕްރައިޒް ލިބޭނެއެވެ.

ގުރުއަތުލުމުގައި ބައިވެރިވުމަށް ކަސްޓަމަރުން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކަކީ:

  • ބިލް ދެއްކުމަށް ނުވަތަ އެޑް-އޮންތަކަށް 250 ރުފިޔާއަށްވުރެ ގިނައިން ހަރަދުކުރުން
  • އާ ކަސްޓަމަރުންނަށް 400 ރުފިޔާއަށްވުރެ މަދުނޫން އަދަދަކަށް ބިލް ދެއްކުމަށް ނުވަތަ އެޑް-އޮންތަކަށް ހަރަދުކުރުން
  • ފާއިތުވި 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު އުރީދޫގެ ހިދުމަތްތައް (ކޯލް ނުވަތަ ޑޭޓާ) ބޭނުންކުރުން

އުރީދޫ އިން ބުނީ މި ފުރުސަތު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށްވެސް ހުޅުވާލެވިފައިވާކަމަށެވެ.

މީގެ އިތުރުން އުރީދޫ އިން ވަނީ މި ހައްޖު ދަތުރު ހޯދުމަށް ބާކީ 11 ދުވަސް އޮތްއިރު، ކަސްޓަމަރުން ހިދުމަތްތައް ބޭނުންކޮށް، މި ކެމްޕޭނުގެ ނަސީބުވެރިއަކަށްވުމުގެ ފުރުސަތު ބޮޑުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އުރީދޫ މޯލްޑިވްސްއިން ދެމި ތިބީ ކަސްޓަމަރުންނަށް ފައިދާހުރި އަދި އާ އީޖާދީ ހިދުމަތްތައް ފޯރުކޮށްދީ، "ލިވް އަންލިމިޓެޑް" ތަޖުރިބާއެއް ކަށަވަރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.