މީހާރު ފީއަލީގައި ހިނަގއިގެން އުޅޭ އަލިފާނުގެ ހާދިސާގައި ބިދޭސީއަކަށް އނަިޔާވެ އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފ. ފީއަލީގެ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާރތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހެންދުނު 9:30 ހާއިރުއެވެ. ފީއަލީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި ބަނދަރުގައި އޮތް އިތުރު 4 އުޅަނދެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. އަދި އައިސްޕްލާންޓްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، ބިދޭސީއަކަށް އަނިޔާވެ ފިހުމާ ގުޅިގެން ފ. ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށެވެ.

އެ އަލިފާންގަނޑު ނިއްވާލުމަށް އެ ސަރަހައްދުގައި ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުން މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އެންއެންޑީއެފް އިން ބުނީ، ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފ. ނިލަންދޫ ފަޔާ ސްޓޭޝަން އިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.