މާލޭގެ މއ. ދޫގަސް ގޭގައި ގޭސްފުޅިއެއް ގޮވައި 4 މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ފަތިހު 5:27 އެހައިކަންހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ 2 މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އައިޖީއެމްއެޗާއި ހަވާލާދީ ފުލުހުން ބުނީ އަނިޔާވި މީހުންގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

އެހެންނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދޭ ގޮތުގައި އެގޭގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.