ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ގއ. ވިލިނގިލި އަދި ށ. ފުނަދޫގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީއަށް ލިބިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވިލިނގިލި ކައުންސިލްގެ ފަސް ގޮނޑި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު ޖުމްލަ 10 ގޮނޑި ވެސް ނެގީ ޕީއެންސީންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ވިލިނގިލިން އެއްވެސް ގޮނޑިއެއް އެމްޑީޕީއަށް ނުލިބެއެވެ.

ވިލިނގިލި ކައުންސިލްގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ ވިޝާލް މުހައްމަދެވެ. ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ މުހައްމަދު އަބްދުލްއަހަދު އާއި އަޝްރަގު ގާދިރެވެ. ކައުންސިލްގެ އަންހެން މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ އަޒީމާ ހަސަނާއި ސުއޫދާ ނާސިރެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ އައިޝަތު ސާޖިދާއެވެ. އެ ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ ޝަހުޒާ އަބްދުލްއަޒީޒާއި ޝަޒްލީނާއި މާހިރާއި ޖީޒާ އަބްދުﷲ އާއި ސިރިޔާޒާ އިބްރާހިމެވެ.

  • ކައުންސިލް ރައީސް: ވިޝާލް މުހައްމަދަށް 1160 ވޯޓާއެކު 52.87 ޕަސެންޓް ވޯޓު ލިބުނު
  • ކައުންސިލް މެންބަރު: އަޝްރާގް ގާދިރަށް 828 ވޯޓާއެކު 22.29 ޕަސެންޓް ވޯޓު ލިބުނު
  • ކައުންސިލް މެންބަރު: މުހައްމަދު އަބްދުލް އަހަދަށް 823 ވޯޓާއެކު 22.16 ޕަސެންޓް ވޯޓު ލިބުނު
  • އަންހެނުންނަށް ހާއްސަ ގޮނޑި: އަޒީމާ ހަސަނަށް 811 ވޯޓާއެކު 22.57 ޕަސެންޓް ވޯޓު ލިބުނު
  • އަންހެނުންނަށް ހާއްސަ ގޮނޑި: ސޫދާ ނާސިރަށް 686 ވޯޓާއެކު 19.09 ޕަސެންޓް ވޯޓު ލިބުނު
  • އތމ ކޮމިޓީގެ ރައީސް: އައިޝަތު ސާޖިދާއަށް 973 ވޯޓާއެކު 47.37 ޕަސެންޓް ވޯޓު ލިބުނު
  • އތމ ކޮމިޓީގެ މެންބަރު: ޝަހުދާ އަބްދުލް އަޒީޒަށް 1213 ވޯޓާއެކު 18.15 ޕަސެންޓް ވޯޓު ލިބުނު
  • އތމ ކޮމިޓީ މެންބަރު: ޝަޒްލީނާ މާހިރަށް 1047 ވޯޓާއެކު 15.67 ޕަސެންޓް ވޯޓު ލިބުނު
  • އތމ ކޮމިޓީ މެންބަރު: ސިރިޔާޒާ އިބްރާހިމަށް 991 ވޯޓާއެކު 14.83 ޕަސެންޓް ވޯޓު ލިބުނު
  • އތމ ކޮމިޓީ މެންބަރު: ޖީޒާ އަބްދުﷲއަށް 839 ވޯޓާއެކު 12.55 ޕަސެންޓް ވޯޓު ލިބުނު

ވިލިނގިލީގެ އިތުރުން ށ. ފުނަދޫ ކައުންސިލްގެ ފަސް ގޮނޑި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު ޖުމްލަ 10 ގޮނޑި ވެސް ނެގީ ޕީއެންސީންނެވެ.

  • ކައުންސިލް ރައީސް: މުހައްމަދު އާދިލަށް 804 ވޯޓާއެކު 57.47 ޕަސެންޓް ވޯޓު ލިބުނު
  • ކައުންސިލް މެންބަރު: އާދަމް ހުސައިނަށް 767 ވޯޓާއެކު 34.94 ޕަސެންޓް ވޯޓު ލިބުނު
  • ކައުންސިލް މެންބަރު: އަބްދުލް މާޖިދަށް 803 ވޯޓާއެކު 36.58 ޕަސެންޓް ވޯޓު ލިބުނު
  • އަންހެނުންނަށް ހާއްސަ ގޮނޑި: މަރިޔަމް ވަހީދާއަށް 961 ވޯޓާއެކު 42.96 ޕަސެންޓް ވޯޓު ލިބުނު
  • އަންހެނުންނަށް ހާއްސަ ގޮނޑި: ފަރުޒާނާ އާދަމްއަށް 745 ވޯޓާއެކު 33.30 ޕަސެންޓް ވޯޓު ލިބުނު
  • އތމ ކޮމިޓީގެ ރައީސް: މަރިޔަމް ޒީނާއަށް 841 ވޯޓާއެކު 65.75 ޕަސެންޓް ވޯޓު ލިބުނު
  • އތމ ކޮމިޓީގެ މެންބަރު: އާމިނަތު ވަރުދާއަށް 804 ވޯޓާއެކު 18.02 ޕަސެންޓް ވޯޓު ލިބުނު
  • އތމ ކޮމިޓީ މެންބަރު: ޝީޒާ އަބްދުލް ހަމީދަށް 860 ވޯޓާއެކު 19.28 ޕަސެންޓް ވޯޓު ލިބުނު
  • އތމ ކޮމިޓީ މެންބަރު: އާމިނަތު ނަޖުމާއަށް 692 ވޯޓާއެކު 15.51 ޕަސެންޓް ވޯޓު ލިބުނު
  • އތމ ކޮމިޓީ މެންބަރު: ހައްވާ ފުޅަށް 633 ވޯޓާއެކު 14.19 ޕަސެންޓް ވޯޓު ލިބުނު

ފުނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ މުހައްމަދު އާދިލްއެވެ. ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ މަރިޔަމް ވަހީދާ އާއި ފަރުޒާނާ އާދަމާއި އާދަމް ހުސެއިނާއި އަބްދުލް މާޖިދެވެ.އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ މަރިޔަމް ޒީނާއެވެ. އެ ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ އައިމިނަތު ވަރުދާ، ޝީޒާ އަބްދުލްހަމީދު، އައިމިނަތު ނަޖުމާ އަދި ހައްވާފުޅު (ހައްވި)އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބު ކޮށްފައިވީ ނަމަވެސް މާލެ ސިޓީ ހިމެނޭހެން ފަސް ސިޓީގެ މޭޔަރުކަމާއި އެ ސިޓީތަކުގެ ކައުންްސިލްގެ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ.