ކަރަންޓު ހިދުމަތް އަޕްގްރޭޑް ކުރުމަށް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މިއަދު މާލޭގެ މެދުތެރޭގެ ސަރަހއްދަކުް ކަރަންޓުގެ ހިދުމަތް ކަނޑާލަން ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ހިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާލެ ސިޓީގެ ސަރަހައްދަކުން ކަރަންޓު ކަނޑާލާނެ ކަމަށެވެ. އެ ގޮތުން ކަރަންޓު ހިދުމަތް ކެނޑިގެން ދާނީ ސައްޔިދުކިލެގެފާނު މަގު، ޝާހީދު ކުޑަނެވިތުއްތުމަނިކު ހިނގުން، ޒަމާނީ ގޯޅި އަދި މަޖީދީ މަގު ހިމެނޭ ސަރަހައްދުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓުގެ ހިދުމަތް ކަނޑާލާނީ މިއަދު މެންދުރުފަހު 14:00 އާއި މެންދުރު 15:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ވެސް ސްތެލްކޯ އިން ބުނެއެވެ.

އަދި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.