އުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ރޭ އަޅުކަމުގައި އުޅެނިކޮށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ނިޔާވެފައިވަނީ އަލް މަނާސިކް ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މ. ސައްކެޔޮމާގޭ މުހައްމަދު އިމްތިޔާޒު (60އ) އެވެ.

އެ ގުރޫޕުން ބުނީ، އިމްތިޔާޒް ނިޔާވީ ސަފާ އާއި މަރުވާއާ ދެމެދު ހިނގަނިކޮށް، ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

އޭނާގެ ކަށުނަމާދު މިއަދު ފަތިސް ނަމާދަށް ފަހު، ހަރަމްފުޅުގައި ވަނީ ބާއްވާފައެވެ.

އުމްރާގެ އަޅުކަން ކުރުމަށް ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެ އިން 7726 މީހުން މައްކާއަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާއިރު އުމްރާގެ އަޅުކަން އަދާކުރުމަށްދާ މައްކާއަށް ދާ އެންމެފަހު ގްރޫޕް ފުރަން ހަމަޖެހިފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.