އުރީދޫ މޯލްޑިވްސް އިން ފަން ރަން ބިބްސް މުލީ މެދުވެރިކޮށް ގަންނައިރު ނަން ޖަހާ ގޮތަށް ހާއްސަ ލިމިޓެޑް ޓައިމް އޮފާއެއް ތައާރަފްކޮށްފި އެވެ.
އުރީދޫ ފަން ރަން 2025 ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 19 ވަނަ ދުވަހު ހުޅުމާލޭގައެވެ. މި އަހަރުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ފަން ކިޓްތަކަށް އޯޑަރު ކުރެވޭނީ އަންނަ މަހުގެ 14ގެ ނިޔަލަށެވެ.
ފަން ކިޓް ގަތުމަށް:
- އުރީދޫ ފަން ރަން ވެބްސައިޓަށް ވަދެލާ
- ބޭނުންވާ ކިޓް އަދި ސައިޒް ނެގުމަށް ފަހު ކާޓަށް އެޑް ކޮށްލާ
- ބިބް ޕާސަނަލިޒް ކުރުމަށް ގިނަވެގެން 7 އަކުރުގެ ނަމެއް 'ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސް'ގައި ލިޔޭ
- އޯޑަރު ކޮންފާމް ކުރުމަށް ފައިސާ ދައްކާލާ
ބިބް ކަސްޓަމައިޒް ކުރެވޭނީ އުރީދޫ ފަންރަންގެ ވެބްސައިޓަށް ވަދެ، ބޭނުންވާ ސައިޒާއި ކިޓު ހިޔާރު ކުރުމަށް ފަހު ކާޓަށް އެޑްކޮށް، "ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސް" ގައި ހަތް އަކުރުގެ ނަމެއް ޖަހައިގެންނެވެ. އޯޑަރު ކަށަވަރު ކުރުމަށް ފަހު، ފައިސާ ދެއްކުމުން ކަސްޓަމައިޒްކޮށް ބިބް ލިބޭނެ އެވެ.
އުރީދޫއިން ބުނީ، އުރީދޫ ފަން ރަންގައި ބޭނުންވާ ނަމެއް ޖަހާލައިގެން ދުވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވަކި މުއްދަތަކަށް ކަމަށެވެ. އަދި ލަސްނުކޮށް މި ފުރުސަތުގެ ބޭނުން ހިފުމަށް އުރީދޫއިން ވަނީ އެދިފަ އެވެ.
ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ މި ދުވުމުގެ މަގުސަދަކީ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލާނެ މަޖާ މާހައުލެއް ހޯދައިދީ، ހަރަކާތްތެރިވެ އުޅުމަށް ހިތްވަރު ދިނުމެވެ. މި ދުވުމުގައި އެކި އޮބްސްޓެކުލްތައް ގިރާކޮށް، ފޯމް ޕާޓީ ފަދަ އެކި މަޖާ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
