ބާސެލޯ ނަސަންދުރަ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ރޯވެފައި ވަނީ ނަސަންދުރަ ކައިރި އިރުމަތީ ފަރާތުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 10:38 ހާއިރު ކަމަށާއި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު ހުރިކަން ފާހަގަކުރެވެއެވެ.