މާލެއިން 41 އަހަރުގެ މީހަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް (ދޫޑިގަން، ފަސީހް އާބާދު) މަސީހް އަބްދުލް ހަކީމް ކަމަށެވެ.

މަސީހް އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަސީހް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށެވެ. އަދި އޭނާގެ ހަބަރެއް އާއިލާއަށް އެންމެފަހުން ވެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މަސީހްއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.