ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ރ. ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގްބާލް އެވެ.

ގެއްލިގެން އުޅޭ މީހާގެ ފޮޓޯއާއެކު އޭނާގެ ވަނަވަރު ހާމަކުރަމުން ފުލުހުން ބުނީ، އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓްކޯށްފައި ވަނީ މިރޭ 08:48 ހާއިރު ކަމަށެވެ. އޭނާ ކަނޑުމައްޗަށް ނިކުމެފައި ވަނީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ނިކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތް އިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ފަރާތްތަކާއި އެހެނިހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މުހައްމަދު އިގްބާލް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.