މަރުވެފައި އޮތް މީހަކު ހުޅުމާލެ ވޯޓާ ޕާކު ސަރަހައްދުން ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮތް މީހަކު ފެނިފައި ވަނީ ހުޅުމާލެ ފޭސް އެކެއްގެ ވޯޓާ ޕާކް ހަދަން ދޫކޮށްފައިވާ ސަރަހައްދުން ކަމަށެވެ.

މަރުވެފައި އޮތް މީހަކު ހުޅުމާލެ ވޯޓާ ޕާކު ސަރަހައްދުން ފެނިއްޖެއެވެ.

ފުލުހުން ބުނީ ވޯޓާ ތީމް ޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. އަދި އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ވެސް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ވެސް ނޭނގެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑު އޮތީ ކާކުކަން ނޭނގޭހާ ބޮޑަށް ކުނިވެފައެވެ.