ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ އަމީން އެވެނިއު ކައިރިން ކަމަށެވެ.

އެގޮތުން އެކްސިޑެންޓް ހިނގާފައިވަނީ އަމީން އެވެނިއު އާއި ދިމާއަށް ދުއްވާފައި ދިޔަ ކާރަކާއި އެ މަގަށް ނުކުތް ސައިކަލަކާއި ޖެހިގެން ކަމަށް ވެއެވެ.

ސައިކަލްގައި ތިބީ ދެ ފުލުހުންކަމަށާއި އެ ދެ މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އެ ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

އަދި އެ ހާދިސާއާއި ގުޅެ އިތުރު ތަފްސީލް ހާމަ ކުރާނެ ކަމަަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.