މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މިއަދުގެ މެންދުރު 12:30 ހާއިރު ކަރަންޓު ކެނޑިފައިވާއިރު މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މި މަހުގެ 9 ވަނަ ދުވަހު ވެސް މާލެ އަދި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. އަދި މައްސަލަ ހައްލުކޮށް 2 ގަޑިއިރެއްހާއިރު ތެރޭގައި ސްޓެލްކޯއިން ވަނީ އަލުން ކަރަންޓު ދީފައެވެ.
މީގެއިތުރުން ޖޫން މަހުގެ 1 ވަނަ ދުވަހު ވެސް މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ.