އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތަރު ވަނަ ނަސީބުވެރި ފަރާތަކަށް މުހައްމަދު އިފާޒު ހޮވިއްޖެއެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.

6 ވަނަ ނަސީބުވެރިއަކަށް ހޮވުނު އިފާޒްއަށް ލިބިފައިވަނީ އުމްރާ ދަތުރެކެވެ. އިފާޒުގެ ފަރާތުން އިނާމާއި ހަވާލުވީ ރައުޝަން އިސްމާއިލްއެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި 1 ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ދޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހަމަޖެހިފައި ވަނީ 2 މީހަކަށް ހައްޖު ދަތުރެއް ކަމަށް ވެސް އުރީދޫއިން ވަނީ ފާހަގަ ކޮށްފައެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން

20 އަހަރުގެ މުއްދަތެއްގައި އުރީދޫއިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާކަން ފާހަގަކޮށް އުރީދޫއިން ބުނީ މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.