ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓުވަން އުޅުމުން ފުލުހުންގެ ސައިކަލުގައި ޖައްސައި، ވައްޓާލައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ބުނުމުން ވެސް މަޑުކޮށްފައި ނުވާ ކަމަށެވެ.
އެގޮތުން ކާރު މަޑުނުކޮށް ބާރު ސްޕީޑުގައި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ދުއްވާ ދުއްވާފައިވާ ކަމަށާއި ފުލުހުން ކާރުގެ ފަހަތުން ދިއުމުން ފުލުހުންގެ ސައިކަލުގައި ޖައްސާ ވައްޓާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސައިކަލުގައި ތިބި 2 ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ ކާރު ދުއްވި ފިރިހެން މީހާ އަދި ކާރުގައި އިން އަންހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.