އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫގެ އެމްބެސަޑަރެއް ކަމުގައިވާ ހަބޭސް ބޮޑުބެރު ގްރޫޕާއެކު 4 ހަފުތާގެ ހާއްސަ ބޮޑުބެރު ކްލާހެއް ހިންގުމަށް އުރީދޫއިން ނިންމައިފިއެވެ.
އުރީދޫއިން ބުނީ މި ޕްރޮގްރާމުގެ މަގުސަދަކީ ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ދިވެހި ސަގާފަތުގެ މުއްސަނދި ތަރިކައެއް ކަމަށްވާ ބޮޑުބެރުގެ ވައްޓަފާޅި ޕްރޮގްރާމްގެ ބައިވެރިންނަށް ދަސްކޮށްދިނުން ކަމަށެވެ.
މި ޕްރޮގްރާމުގައި ހިމެނެނީ 5 ކްލާސްކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ ކްލާސްތައް ނެގުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު 16، 23 30 އަދި ސެޕްޓެމްބަރު 6 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ކްލާސްތައް ކުރިއަށް ދާނީ އެ ހަތަރު ދުވަހުގެ ރޭގެ 8:00 އިން 11:00 އަށް ކަމަށާއި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ފުރަތަމަ ރަޖިސްޓްރީ ކުރާ 20 މީހުންނަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާގައި ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، މި ޕްރޮގްރާމުގެ އެއްވެސް ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އުރީދޫއިން ބުނީ ޕްރޮގްރާމްގެ ބައިވެރިންނާއި މުއާމަލާތު ކުރާނީ ރަޖިސްޓްރީކުރުމަށް ބޭނުންކުރާ ފޯނު ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށެވެ.