އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

މިއީ އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭ އެކްސްކްލޫސިވް ބަންޑަލްއެއްކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލްކުރުމުން އިންޝުއާ ކުރެވިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ހޯމް އެސެޓް އިންޝުއަރަންސް ކަވަރޭޖް ފޯރުކޮށްދޭ ތަކެތި:

  • ފަރުނީޗަރާއި ފިޓިންގްސް
  • އިލެކްޓްރޯނިކް ސާމާނު
  • ފޭރާމާއި އަމިއްލަ ސާމާނު
  • ކުޅިވަރު ސާމާނު
  • ޕެޓްސްއާ ގުޅުންހުރި ތަކެތި

އުރީދޫއިން ބުނީ މި މަހު އަލަށް ސުޕާނެޓު ނަގާ ފަރާތްތަކުން ސުޕާނެޓު އެކްޓިވޭޓް ކުރުމުން މި އޮފާ ނެގުމަށް އެލިޖިބަލް ވާނެ ކަމަށެވެ. އަދި ސުޕާނެޓު އެކްޓިވޭޓް ކުރުމަށްފަހު ކަސްޓަމަރުންނަށް މި ހިދުމަތަށް އެދެވޭނެ ކަމަށެވެ.

އަމާޒަކީ ހަމައެކަނި ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުން ނޫންކަން ފާހަގަކޮށް އުރީދޫއިން ބުނީ އަމާޒަކީ ކަސްޓަމަރުންނަށް މާނަހުރި އަދި އަމަލީ ހައްލުތަކެއް ފޯރުކޮށްދީ، ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށެވެ.