ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒު މަންސޫރު އިސްތިއުފާ ދެއްވައިފިއެވެ.
ފަޔާޒު މަންސޫރު އިސްތިއުފާ ދެއްވާފައިވަނީ އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުން މައުރޫފު ޖަމީލް އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.
ފަޔާޒު މަންސޫރު އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު 26 ގައެވެ.
ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީގައި ބިލްޑިން ސައިންސުގެ ދާއިރާ އިން މާސްޓާސްވެސް ހާސިލްކުރައްވާފައިވާ ފަޔާޒު އަކީ ހުޅުމާލެ އާބާދުކުރަން އެ ތަން ހިއްކަން ފެށި ދުވަސްވަރުން ފެށިގެން އެޗްޑީސީގައި ގިނަ ދުވަސްތަކަކު ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހަމަޖައްސަނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ.