ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑަލްއާއި މަތިވެރި ހިދުމަތުގެ މެޑަލް ލިބިލެއްވި ފުލުހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މެޑަލް ދެއްވައިފިއެވެ.
ފުލުހުންނަށް މި މެޑަލްތައް ހަވާލުކޮށްދެއްވާފައިވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ތިން ފުލުހަކަށް ލިބިފައިވާއިރު މަތިވެރި ހިދުމަތުގެ މެޑަލް ނުވަ ފުލުހަކަށް ވަނީ ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބުން ތިން ފުލުހުން:
- އަބްދުﷲ ޝަރީފް (އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް)
- އާސިމް އަބްދުﷲ (އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް)
- އިސްމާއީލް ޝަމީމް އާދަމް (އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް)
މަތިވެރި ހިދުމަތުގެ މެޑަލް ލިބުން ނުވަ ފުލުހުން:
- އަހްމަދު އަޒްހާން (ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް)
- ފާތިމަތު ނަޝްވާ (ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް)
- މުޖުތަބާ އަބްދުއްސައްތާރު (ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް)
- މަރްޔަމް އަޒްވާ (ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް)
- އަހުމަދު އަހްމަދު ފަސީހް (ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް)
- އަލީ ފާއިޒު (ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް)
- އިބްރާހިމް ޒާހިރު (ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް)
- އިބްރާހިމް މުހައްމަދު (ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް)
- އާދަމް ޝިހާމް (އިންސްޕެކްޓާ އޮފް ޕޮލިސް)
މި ރަސްމިއްޔާތުގައި ރައީސް ވަނީ ލިބިލެއްވި ފުލުހުންނަށް މަރުހަބާ ދަންނަވާ، ގައުމީ ހިދުމަތުގައި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ހިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރެވެ. 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެއަކީ މިނިވަން ގައުމަކަށް ވެގެން ދިޔައެވެ.