މާލެއިން ގެއްލިގެން ހޯދަމުން އަންނަ 30 އަހަރުގެ މީހާ އަދިވެސް ނުފެންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ގެއްލިގެން ހޯދަމުން ދަނީ ގ. ގާނެޓް، އުމުރުން 30 އަހަރުގެ ހަސަން ޔާމީނެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރުދުވަހުގެ ރޭ 21:25 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ނިކުތްފަހުން ހަބަރެއް ނުވާ ކަމަށެވެ. މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެރޭ 20:30ހާއިރު، އޭނާގެ އާއިލާއިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޔާމީން ގެއްލިގެން ރިޕޯޓުކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ޔާމީނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް، ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053އަށް ގުޅައި، މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.