ހުޅުމާލޭގެ ފްލެޓެއްގެ އެޕާޓްމެންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ޗައިނާ ފްލެޓް 94 ވަނަ ފްލެޓްގެ 2 ވަނަ ފަންގިފިލާގައި ހުންނަ 3ވަަނަ އެޕާޓްމެންޓެއްގައެވެ.
އެމްއެންޑީއެފްއިން ބުނީ އެއީ 11 ބިދޭސީން ދިރިއުޅޭ އެޕާޓްމެންޓްއެއް ކަަމަށާއި އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެ އެޕާޓްމަންޓުގައި ރޯވު އަލިފާންގަނޑު ކޮންޓްރޯޅްކޮށްފައި ވާއިރު އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފްއިން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލެ ފޭސް1 ގެ 94 ނަންބަރު ފްލެޓުގެ 3 ވަނަ ފަންގިފިލާގެ ޔުނިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެކަން ބަލަމުންދާ ކަމަށް ނޭޝަނަލް ޑީޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.