ށ. މިލަންދޫގައި މަސައްކަތް ކުރަމުންދާ ލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާޑުން ބަލަން ފަށާފައިވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވުމާ އެކު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން މާލެ ގެނެސް އެ މައްސަލަ ތަހުގީގުކުރަން ފަށާފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
އެގޮތުން މި މައްސަލައިގައި ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދާއި މާލެ ގެނެސްފައި ވަނީ ކޮން ފުލުހުންނެއް ކަމެއް އަދި އެއީ ކިހާ އަދަދެއްގެ ފުލުހުންނެއް ކަމެއް ވެސް ހާމަކޮށްފައި ނުވެއެވެ.