އަންހެނުން ހެދުން އަޅާހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި، ބޭއަދަބީ އަމަލުތައް ހިންގަމުން ގެންދިޔަ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށް ލައިފިއެވެ.
ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލާން ކުރި ހުކުމް ކޮށްފައި ވާ އިރު 100،000ރ. އިން ޖޫރިމަނާ ކޮށްފައި ވެސް ވެއެވެ.
ނަބީލަކީ މީގެ ކުރިން ވެސް ޖަލު ހުކުމެއް ތަންފީޒު ކުރި މީހެއް ކަމަށް ވާއިރު ތަފާތު މައްސަލަތަކާ ގުޅިގެން އެކި ފަހަރުމަތިން ހައްޔަރުކޮށްފއި ވެސް ވެއެވެ.
ސޯޝަލްމީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި އޭނާ އަކީ އަންހެން ހެދުން އަޅައިގެން ބޭއަދަބީ އަމަލުތައް އިޝްތިހާރު ކުރާ މީހެކެވެ. އަދި ބައެއް ފަހަރު ބަރަހަނާ ވެފައި ވާކަމުގެ ޝަކުވާތައް ފެންމަތި ވެފައި ވާ އިރު، ސެޕްޓެމްބަރު 2021 ގައި އޭނާގެ ޖިންސީ ގުނަވަން ދައްކައި ޖިންސީ އަމަލު ހިންގާ މަންޒަރު އެ ޕްލެޓްފޯމުން އާންމުކުރުމާއެކު 2022 ވަނަ އަހަރު އޭނާ 1 އަހަރާއި 1 މަހަށް ޖަލަށް ލިއެވެ. އެ ފަހަރު ހުކުމް އައީ އޮރިޔާން ކާޑު ހެދުމުގައި ކުށާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައެވެ.