މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ އަބްދުލްހަމީދު (34އ)ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ޖޫން މަހުގެ 25ވަނަ ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު 18:16 އެހައިކަންހާއިރު ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި ސާމީ ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އަދި އޭނާ ފެނިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ ސާމީ އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ގުޅާ ހިއްސާކުރުމަށް އެދިފައެވެ.

ފަހަކަށް އައިސް މާލެއިން ވާނުވާ ނޭގި މީހުން ގެއްލުން އާންމުވެފައިވާއިރު މިފަދަ މައްސަލަތައް ނޫސްތަކުގައި އާންމު ކުރާ ހިސާބުން އެފަދަ ފަރާތްތައް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން ފެންނަކަން ވެސް ފާހަގަކޮށްލެވެއެެވެ.