ރާއްޖޭގައި، ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ޕީއެންސީއަކީ 68،665 މެންބަރުންނާއެކު، އެންމެ މެންބަރުން ގިނަ ޕާޓީ ކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީން ވަނީ ޖޫން 2025، ވަނަ ދުވަހާއި ހަމައަށް ޕާޓީތަކުގައި މެންބަރުން ހިމެނޭ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން ޕީއެންސީގައި 68،665 މެންބަރުން ހިމެނޭ އިރު، އެމްޑީޕީގައި ހިމެނެނީ 43،765 މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީ އާއި އެމްޑީޕީ ފިޔަވައި 10،000 މެންބަރުން ހަމަވަނީ ޖުމްހޫރީ ޕާޓީގައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގައި 13،456 މެންބަރުން ހިމެނެއެވެ.
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް - 9،011
- އަދާލަތު ޕާޓީ - 8،844
- މޯލްޑިވްސް ނޭޝަނަލް ޕާޓީ - 5،836
- ދަ ޑިމޮކްރެޓްސް - 3،547
- ޕީޕަލްސް ނޭޝަނަލް ފްރަންޓް - 3،046
އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކާގޮތުގައި އެންމެ މެންބަރުން މަދު ޕާޓީއަކީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއެވެ. އެ ޕާޓީގައި ހިމެނެނީ 2،272 މެންބަރުންނެވެ.