މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ހޯދި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްުލުނު މައްސަލައިގައި، ދައުވާ ލިބުނު ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ އެމްޕީއެލްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރި ސ. ފޭދޫ، ވާރުގެ، މުހައްމަދު އައިމަން އާއި، އެފްއެސްއެމްގެ ތެޔޮ ބައުޒަރުގެ ޑްރައިވަރެއް ކަމަށްވާ ބަނގްލަދޭޝްގެ ސޮޖިބްގެ މައްޗަށެވެ.

މި ކުށް ސާބިތުވެ, އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ކުށް ސާބިތުވެ، ދެ މީހުންގެ މައްޗަށް އިއްވާފައިވަނީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ހިޔާނާތުގެ ސަބަބުން ގެއްލުނު ފައިސާގެ ބަދަލުގެ ގޮތުގައި 6.7 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ އަންގާފައެވެ.

އޮޑިޓް އޮފީހުގެ އޮޑިޓުން ހާމަވެފައިވާގޮތުގައި 2018 އިން 2020 އާ ދެމެދު އެމްޕީއެލަށް ހޯދަން ނެގި އެތައް މިލިއަން ލީޓަރެއްގެ ތެޔޮ ވަނީ ގެއްލިފައެވެ.