މާލެއިން ގެއްލިގެން ހޯދަމުންދިޔަ އާދަމް އިކްރާމް (32އ) ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ގެއްލިފައި ވަނީ 2026 ނޮވެންބަރު 11 ވަނަ ދުވަހުގެ ދަންވަރުން ފެށިގެންނެވެ. އަދި ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެއެވެ.
އެކަމާގުޅޭ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާކުރަމުން ފުލުހުން ބުނީ އޭނާ މިއަދު މެންދުރު 12:00 ޖަހާކަށްހާއިރު ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ.
އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައިނުވާއިރު މީގެ ކުރިން ވެސް އެކި މީހުން ގެއްލިގެން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
