"އުރީދޫ ފަން ރަން 2026" ގައި ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
މީގެ ކުރިން ފަން ރަން 2026 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު، 7 ނޮވެމްބަރު 2026 ގެ 23:59 އާ ހަމައަށް ހުޅުވާލެވިފައިވާއިރު އުރީދޫ އިން ބުނީ މި ރަންގައި ރަޖިސްޓްރީވުމުގެ މުއްދަތު ނޮވެމްބަރު 14 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އުރީދޫއިން ބުނީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި އަދި ކުލަގަދަ ދުވުން އޮންނާނީ ޑިސެމްބަރު 11 ވަނަ ދުވަހުކަމަށެވެ. 5 ކިލޯމީޓަރުގެ މި ދުވުމުގައި އުމުރުން 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭއިރު އުރީދޫ އިން ބުނީ މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ނޫނީ ނަށަމުން ވެސް މި ދުވުން ނިންމާލެވިދާނެކަމަށެވެ.
މި ފަންރަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 11 ވަނަ ދުވަހު 15:45 އިން 18:00 އަށްކަމަށާއި، ކޮންމެ ކިލޯމީޓަރެއްގައި އިންފްލޭޓަބަލް ތަކާއި، ކުލަޖެހުމުގެ އިތުރުން، ފޯމް ޕާޓީ އާއި، ލަކީ ޑްރޯ އަދި ކާބޯތަކެތީގެ ސްޓޯލްތައް ހިމެނޭކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 7،500 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
