ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް 6 ބޭފުޅަކު އިންތިހާބުކޮށްފިއެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމަށް ކުރިމަތިލާފައި ވަނީ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި އަސްމާގެ ދަރިކަލުން އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.
އަދި ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯކަމުގައި ހުންނެވި މުހައްމަދު ނިމާލްގެ އިތުރުން މިނިސްޓަރު ޝިޔާމްވެސް ވަނީ އެ މަގާމަށް ކުރިމަތި ލައްވާފައެވެ.
މިއަދު ހެނދުނު ބޭއްވި ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ވަނީ ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލެއްވި 8 ބޭފުޅުންގެ މެދުގައި ވޯޓު ނަންގަވާފައެވެ. އެ ވޯޓުގައި ޖުމްލަ 1095 މީހުން ބައިވެރިވެފައިވާއިރު ވޯޓު ލުމަށް 7 މިނެޓްގެ ވަގުތެއް ދީފައި ވެއެވެ. ވޯޓުގެ ނަތީޖާ:
- އަބްދު ﷲ ރާފިއު - 968 ވޯޓު
- މުހައްމަދު ހުސައިން ޝަރީފް - 780 ވޯޓު
- އިބްރާހީމް ސުޖާއު - 862 ވޯޓު
- އަހުމަދު ޝިޔާމް - 964 ވޯޓު
- އަަސްމާ ރަޝީދު - 288 ވޯޓު
- މުހައްމަދު ނިމާލް - 301 ވޯޓު
- ފާތިމަތު ސައުދާ 923 ވޯޓު
- މުހައްމަދު ސައީދު 833 ވޯޓު
މަގާމަށް ހޮވި ވަޑައި ނުގަންނަވަނީ އަސްމާ ރަޝީދު އާއި މުހައްމަދު ނިމާލްއެވެ.
ޕާޓީގެ އަސާސީ ގަވާއިދުގައިވާގޮތުން، ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހަ ބޭފުޅަކު އިންތިހާބު ކުރަންޖެހެއެވެ. އަދި އެއަށްވުރެ އިތުރަށް އިންތިހާބުގައި ވާދަ ކުރާނަމަ ވޯޓަކަށް ދާން ޖެހޭނެއެވެ.
އިއްޔެ ހެނދުނުން ފެށިގެން ޕީއެންސީ ކޮންގްރެސްގެ އެކި ހަރަކާތްތައް ފަށާފައިވާއިރު، މިއަދު އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
