ހުޅުމާލެ ފޭސް 2 ގެ އިމާރާތެއްގެ ތިންވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ "އަމާން އުދަރެސް 2" އިމާރާތުގެ 3 ވަނަ ފަންގިފިލާއިން ކުއްޖަކު ބޭރަށް ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ގެ ހެނދުނު 11:35 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ބޭރަށް ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. ފުލުހުން ބުނީ އެ ކުއްޖާއަށް ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.