މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ގ. ފުންފަޅުގޭގައި ކަމަށެވެ. މިހާރު އެ ސަރަހައްދުގައި ފަޔާ އެންޑް ރެސްކިއު ސާވިސް ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެގޭ އެޕާޓްމެންޓެއްގައި ވަރަށް ބޮޑަށް ހުޅު ފަޅައިގެން ގޮސްފައިވާ މަންޒަރު ފެނެއެވެ.
އަދި ކަޅު ބޯ ދުން އަރާ މަންޒަރުވެސް ފެނިގެންދެއެވެ.
ނަމަވެސް މި ހާދިސާގައި މިހާތަނަށް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.
