ކ. ގިރިފުށި ޓްރޭނިން ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 375،512 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 2712 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 101 މީޓަރުގެ ޝީޓްޕައިލް މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި 101 މީޓަރުގެ އެއްގަމު ތޮށި ލުމާއ،ި 50 މީޓަރުގެ ބޭރުތޮށީގެ މަސައްކަތާއ،ި 144 މީޓަރުގެ ފެނުއަޑީގެ ހިލަތޮއްޓެއްގެ މަސައްކަތުގެ އިތުރުން 1،135 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މިއ،ީ 182.79 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ގިރިފުށްޓަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަސްކަރީ ތަމްރީނާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓްކޯޕްސް ކޭމްޕަށް ބޭނުންކުރާ ރަށެކެވެ. މި ރަށުގެ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތް ކޮށް، ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު އެމްއެންޑީއެފްގެ ތަމްރީން ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް ކުރުމަށް މަގުފަހިވެގެން ދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ މި މަޝްރޫއުގެ ފުރަތަމަ ފޭސްގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެން ދާނެކަމަށެވެ.
މީގެއިތުރުން މި މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން ކުރިއަށް އޮތް މަރުހަލާތަކުގައި ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ގާއިމްކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ވަނީ ބުނެފައެވެ.
އެގޮތުން މި ތަނުގައި ދިވެހި އަސްކަރިއްޔާގެ އޮފިސާ ޓްރެއިނިން ވިންގާއި، އެންސީއޯ އެކެޑަމީން ހިންގާ މުހިންމު ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވި، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި، ސަޕޯޓް ނިޒާމްތައް ތަރައްގީކުރެވިގެންދާނެކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ގިރިފުށި ޓްރޭނިން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މި މަޝްރޫއުގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސ،ް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއ،ި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އަދި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
