މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ގައި، ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.00 ރުފިޔާ ދިނުމަށް ފާސްކޮށްފިއެވެ.

އެ ކުންފުނިން ބުނީ މި ގޮތަށް ފާސްކޮށްފައިވަނީ އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަގުލަބިއްޔަތުންކަމަށެވެ.

އެމްޓީސީސީގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި އެ ކުންފުންޏަށް 2025 ވަނަ އަހަރު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 88 އިންސައްތައިގެ ކުރިއެރުމެކެވެ.

https://web.facebook.com/story.php?story_fbid=1568691771953487&id=100064380381712&mibextid=wwXIfr&rdid=xhLOxVltiK7Rfl1c#

އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން، ކުންފުނީގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބައެއް ބަދަލުތަކާއި ކުންފުނީގެ އޮޑިޓަރުން ހަމަޖެއްސުން ފަދަ މުހިންމު ނިންމުންތައް ވަނީ ނިންމާފައެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި ދަތުރުފަތުރުގެ ދާއިރާގައި އެންމެ ހަރަކާތްތެރި އަދި އެންމެ ދުވަސްވީ އާންމު ކުންފުންޏެވެ.