ރ. ދުވާފަރުގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށާއި އަނިޔާވި ބިދޭސީ މީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ނަމަވެސް އެމީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ހާމަނުކުރެއެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ވެސް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިއަދު އައްޑޫ ސިޓީ ހުޅުމީދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވެއެވެ.
އެ މީހާއަށް އަނިޔާވެފައިވަނީ ރަށުގެ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ކަމަށް ވެއެވެ. އަދި މި މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
