ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ދުވާފަރު ޕޮލިހާއި ކައުންޓާ ނަކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • އަބްދުﷲ ހައްސާން (39 އ) - ގުލްފާމްގެ، ރ. މާކުރަތު
  • އަބްދު ﷲ ޝާއިފް (25 އ) - އުޖާލާއަލި، ރ. ދުވާފަރު
  • ރ. ދުވާފަރު / މެހެލި، އިސްމާއީލް މުހައްމަދު (21އ) - މެހެލި، ރ. ދުވާފަރު

ފުލުހުން ބުނީ މި މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވަނީ ވެލިދޫއިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތު ކަމަށެވެ. އަދި ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާ ކަމަށާއި 3 ވަނަ މީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު މަގުމަތިން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ހައްސާން 5 ދުވަހަށް އަދި އަނެއް 2 މީހުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.