ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ރޭ ދަންވަރު 2:30 ހާއިރު ދަނާލު ހުންނަ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ހަރަކާތްތެރިވެފައި ވާއިރު ފުލުހުން ބުނީ އުމުރުން 18 އަހަރުގެ ޒުވާނަކު ރޭ ދަންވަރު ނިޔާވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް މި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެމްއެންޔޫ ކައިރީގައި ހުންނަ އެ ޔުނިވާސިޓީގެ ދަނާލުގައި އެކި ކޯސްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅެއެވެ.
