ކުޅުދުއްފުށި މޫދު އަޑިން އުމުރުން ދުވަސްވީ މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ، ކުޅުދުއްފުށި ސިޓީ އުތުރު ފަރާތަށް މޫދަށް އެރިއުޅުނު 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދުގެ 13:48 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މިއަދު މެންދުރުފަހު، 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށް ފުލުހުން ބުނެއެވެ. އަދި މިވަގުތު އެމީހާ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެމީހާ ނިޔާވެފައިވާކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.
