ވޯޓްލާން ފެށިތާ ދެ ގަޑިއިރުގެ ތެރޭގައި 13.96 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 41162 މީހުން ވަނީ ވޯޓުލާފައެވެ. އެ ގޮތުން މިހާތަނަށް 16166 އަންހެނުން ވޯޓުލާފައިވާއިރު، 24996 ފިރިހެނުން ވަނީ ވޯޓުލާފައެވެ.

މިއަދު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބު އަދި ރެފަރެންޑަމް ވޯޓުގައި ޖުމްލަ 294876 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.

މި އިންތިހާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުންނާނެކަމަށް ބެލެވޭ އިރު، ބައެއް ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކުގައި ދިގު ކިއުތައްވަނީ ހަދާފައެވެ.