އަންނަ ރޯދަ މަހުގެ ކަަރަންޓު ބިލަށް ދައްކަން ޖެހޭ އަދަދު 400 ރުފިޔާއަށް ވުރެ އިތުރު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހިންގެ ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރޯދަ މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށެވެ. ބިލަކަށް 400 ރުފިޔާއަށް ވުރެ އިތުރަށް އަރައިފި ނަމަ އިތުރުވާ ބަޔަކީ ބަޔަކީ ޑިސްކައުންޓް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މީގެ ކުރިން އައި ދެ ރޯދަ މަހު ވެސް ކަރަންޓާއި ފެން ބިލުން ވަނީ ޑިސްކައުންޓް ދީފައެވެ. ހަމައެއާއެކު މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ދީފައެވެ. އެގޮތުން ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައި ވެއެވެ.
