އައްޑޫ ހުޅުމީދޫގެ ސ. އަތޮޅު ސްކޫލްގައި އޮފީސް އިމާރާތެއް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައ،ި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު މުހައްމަދެއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއިއަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ، 6630 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 3315 އަކަފޫޓު ހުންނާނެއެވެ. މި މަޝްރޫއަކީ 8.09 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
5،500 މީހުންގެ އާބާދީއެއް އޮންނަ އައްޑޫ ހުޅުމީދޫ އަކީ ސ. އަތޮޅު ސްކޫލް ހުންނަ ރަށެވެ. އެހެންކަމުން މިއަދު ސޮއިކުރި މަޝްރޫޢުގެމަސައްކަތް ނިމުމާއެކ،ު ސ. އަތޮޅު ސްކޫލްގެ އިދާރީ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ.
މިއީ ތައުލީމީ ޖީލެއް ބިނާ ކުރުމަށް އައްޑޫ ހުޅުމީދޫ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން ވެސް އައްޑޫސިޓީ، ހުޅުދޫ އަދި މީދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށާއި، އަލަށް އިމާރާތް ކުރެވޭ އިމާރާތުގެ މަސައްކަތް ކުރުމަށް ވަނީ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
