މާލެ ގެއެއްގެ ސިޑި ގޮޅިއަށް ވެއްޓި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، މާލެ މާފަންނު ގެއެއްގެ 6 ވަނަ ފަންގި ފިލާއިން ސިޑި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު މިރޭ އިރުއޮއްސި 18:29 އެހާއިރު ލިބިފައިވާ ކަމަށެވެ.
ވެއްޓިފައިވަނީ ބަންގްލަދޭޝް މީހެއް ކަމަށާއި އަދި އެ މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މައރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ ވެއްޓުނީ ކޮން ސަބަބަކާ ހުރެ ކަމެއް އިތުރު މައުލޫމާތެއްވެސް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ.
